ރޭ ދަންވަރު ބެލްކަނިން ވެއްޓި ނިޔާވެފައިވަނީ ކޮއްކޮމެން ޕްރީ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށާއި، އެއީ މުދައްރިސުން ނުހަނު ލޯބިވާ ކުއްޖެއް ކަމަށް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، ނިޔާވެފައިވާ އުމުރުން ހަތަރު އަހަރުގެ ނުޢުމާނު ބިން މުހައްމަދު ރަޝީދަކީ ކޮއްކޮމެން ޕްރީސްކޫލްގެ ޖޭކޭޖީގެ ދަރިވަރެއް ކަމަށެވެ.
އަދި އެ ކުއްޖާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ކުއްޖާގެ ޢާއިލާއަށް ޝަހީމް ތަޢުޒިޔާ ވެސް ދެންނެވިއެވެ.
ގެއެއްގެ ބެލްކަނިން ވެއްޓި ނިޔާވި ދަރިވަރަކީ އަޅުގަނޑުމެންގެ ސްކޫލްގެ ޖޭކޭޖީ ދަރިވަރެއް، ޓީޗަރުން ނުހަނު ލޯބިވާ ދަރިވަރެއް. ނޫމާން ނިޔާވި ޚަބަރަކީ ވަރަށް ހިތްދަތި ހިތާމަވެރި ޚަބަރެއް. ﷲ ގެ ތަނަވަސް ރަޙުމަތަށް އެދި ޢާއިލާއަށް ތައުޒިޔާ ދަންނަވަން. pic.twitter.com/QqTv6s8D31
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 13, 2023
ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ހަތަރު އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ ރޭ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ.
އަދި ކުއްޖާ ނިޔާވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.
