މާލޭގައި މިރޭ އިމާރާތަކުން ވެއްޓި ނިޔާވި މީހާގެ ފޮޓޯ ނުފަތުރަން ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ މިރޭ މާލޭގައި ގެއެއްގެ މަތިން ވެއްޓި މީހާކު ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސް ތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިމާރާތުގެ މަތިން ވެއްޓި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މާލޭގެ އިމާރާތަކުން ރޭ ކުޑަކުއްޖަކު ވެސް ވެއްޓި ވަނީ ނިޔާވެފައެވެ.
ހެންވޭރު ގެއެއްގެ ފަސް ވަނަ ބުރިން ހަތަރު އަހަރުގެ ފިރިހެން ކުއްޖާ ވެއްޓުނީ ރޭ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. އަދި ކުއްޖާ ނިޔާވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.
