ކުރިއަށް ރޯދަ މަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ފެމިލީ ކޯޓުން ކަނޑައަޅައިފިއެވެ.

މިއަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައަޅައި ކޯޓުން މިހާރު ވަނީ އިއުލާންކޮށްފައެވެ.

ފެމިލީ ކޯޓުގައި ރަސްމީގަޑީގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ.

ނުރަސްމީ ގަޑީގައި ނަމަ ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:30 އިން ރޭގަނޑު 11:00 އަށެވެ.

ކޯޓުން ބޭރުގައި ނަމަ ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:30 އިން ރޭގަނޑު 11:00 އަށެވެ.

ރޯދަ މަހު ކައިވެނިކުރަން ހުށަހަޅާ ފަރާތްތަކުން މިގަޑިތަކަށް ސަމާލުކަން ދިނުމަށް ކޯޓުން އެދިފައިވެއެވެ.