އެމްޑީޕީއާ އަދާލަތު ޕާޓީ އަދި އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވަރަށް ފަސޭހަ ކަމާ އެކު ކާމިޔާބު ކުރެވޭނެ ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙާއެކު ކޯލިޝަން ހަދަން ދަޢުވަގު ދީފައި ވަނިކޮށް، ޖޭޕީން ވަނީ މި އަހަރުގެ ރިޔާސީ ރޭހަށް ނުކުންނަން ނިންމައިފައެވެ.

ޖޭޕީން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރި ފަހުން، އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙުގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީ އިސްވެ އޮވެ އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން 2023 ގެ ރިޔާސީ އިންތިޚާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެކަން ޔަޤީންވާ ކަމަށެވެ.

Ads by Asuru

ޖޭޕީއިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން އިޢުލާނު ކުރުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ސަރުކާރުން ޖޭޕީއަށް ދީފައިވާ ސްލޮޓުތައް ހުސްކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ.