ރޯދަ މަހާ މިއަދު ކުރިމަތިލި އިރު ނިކަމެތިންގެ މަތިން ހަނދާންކޮށް، ހެޔޮ ގޮތުގައި ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

Ads by Asuru

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފެށުނު ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެ މަނިކުފާނު ވަނީ، ރޯދަ މަހަކީ ﷲ އަށް ކުއްތަންވުމުގެ މައްސަރު ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ، ރޯދަ މަހަކީ ބަނޑުހައި ހޫނުކަމުގައި ތިބޭ ނިކަމެތިންގެ މަތިން ހަނދާންކޮށް އަޅާލައި ހެޔޮ ގޮތުގައި ވަގުތު ހޭދަކޮށް ﷲގެ ކިބަފުޅަށް ކުއްތަންވުމުގެ މާތް މައްސަރު ކަމަށެވެ.

”މިއީ ފިތުރަތުގެ ސާފު ހަމަތަކަށް ތިމާގެ ހިތާއި ސިކުނޑި ގެންދާ މައްސަރު.“