ކުރީގެ ޓީވީ ޕްރެޒެންޓަރު އިސްމާއީލް އާޒިމް ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޚަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އަދި އޭނާ ވީނުވީއެއް ނޭނގި، ގެއްލިގެން އާއިލާއިން ފުލުހަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު ކަމަށްވެސް އެނގިފައިވެއެވެ.

އާޒިމް އަކީ ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ.

މި މައްސަލައިގެ ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.