އެމްޑީޕީ ދެ ފަޅިވެގެން އުފެދުނު ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އަބަދުވެސް އިސްކަންދޭނީ، އެ ފިކުރުގެ ބާނީ، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.

އިނގެރޭސިބަހުން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަނަށް ގައުމީ މަސްލަހަތަށްވުރެވެސް މުހިންމުވާނީ، ނަޝީދުގެ އެޖެންޑާ ފެތުރުން ކަމަށެވެ.

އަދި އެ ފެކްޝަން ވަނީ ރައީސް ނަޝީދަށް ގޮސް ހުސްވެފައި ކަމަށާއި، އެ ނޫން އެހެން ކަމެއް، ފިކުރެއްގެ ދިރުމަށް މުހިންމު ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަވޯޓާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. މިފަހުން އޭނާ ވަނީ ރައީީސް ނަޝީދަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.