ތިލަފުށި ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ހޯމަ ދުވަހު ފަށާފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

ސަރުކާރުން ސިނާޢީ މަސައްކަތައް ހާއްސަކޮށްގެން ތަރައްޤީ ކުރާ ތިލަފުށީގެން ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ފުރަތަމަ ފަށާފައިވަނީ ދެވަނަ ފިޔަވަހީގެ އޭރީއާ ސީ ގެ ބިން ހިއްކުމުގެ މަސައްކަތެވެ.

މިގޮތުން މި ސަރަހައްދުގެ އިން ވަކިކޮށް އަމަލީ މަސައްކަތް ހޯމަ ދުވަހު ފެށިއިރު، މި ސަރަހައްދުން 20 ހެކްޓަރު ހިއްކުމަށް ވަނީ ކަނޑައެޅިފައެވެ.

މި ސަރަހައްދު ހިއްކުމަށް ހަވާލު ކުރެވިފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްއާއެވެ. އަދި މިމަސައްކައް ގާތްގަނޑަކަށް 4 މަސް ދުވަހުގެ ތެރޭ ނިންމުމަށް ވަނީ ތާވާލް ކުރެވިފައެވެ. ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ޖުމަލް 151 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.