ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވުމާއެކު، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އެ ޕާޓީ ދޫކުރައްވަން ފައްޓަވައިފިއެވެ.
މިގޮތުން ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދުއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުޙައްމަދު ސަލީމް (ސޯނީ) ވެސް ވަނީ ޖޭޕީ ދޫކުރައްވައި، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.
ރައީސް ސޯލިހު ޖޭޕީއަށް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާފައިވަނިކޮށް، އެ ޕާޓީން ނިންމީ ރިޔާސީ އިންތިހާބުގައި ވާދަ ކުރާށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނާއެކު، ކޯލިޝަން ހަދަންވެސް ވަނީ ނިންމާފައެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން، އެ ޕާޓީން ވަކިވަމުން އަންނައިރު، އެކި މަގާމުތަކުގައި ތިއްބެވި ރައީސް ނަޝީދުގެ ފެކްޝަނުގެ މެމްބަރުން ވެސް ދަނީ މަގާމުން ވަކި ކުރަމުންނެވެ.

ވަޒީފާގެބިރަށް
މަގާމާއި އިއްޒަތާ ސަރަފާއި ބޭބުންވެގެން ޕާޓީ ދޫކޮއްލާނެ…
ކިރިޔާވެސް އެއްޗެއް ކިޔަވައިގެން ހުރި މީހަކަށް ވިއްޔާ ދިވެހި މުސްލިމް ރައްޔިތުންނެއް ވެރިކަމަކަށް ގާސިމެއް ނުހޮވާނެކަން އެގެއެވެ. އެހެނީ ދިވެހިންނަކީ ނިހާޔަތަށް ދީންދެކެ ލޯބިވާ ބަޔެކެވެ. ރާ ވިއްކުމާއި ސްޕާ ހިންގުމަށް އެމީހުން ނަފްރަތު ކުރާނެއެވެ.
އިބޫ ކިޔަވައިގެން ހުރީ ކޯއްޗެއް؟؟ ގާސިމްގެ ސެކްރެޓަރީކަމުގެ ސަނަދު ވެސް އޮވޭ. އޮނަރަރީ ޕީއެޗްޑީ އޮވޭ. ދައުލަތުގެ މުހިންމު މަގާމުތައް ފުރި. އިބޫ ރާވިއްކައިގެންވަނީ ތ. އަތޮޅު ގުރައުދުވަށް އަރވާލާފަ. އެހެންވީމާ އިބޫއަށް ވުރެ ތަޖުރިބާ ހުންނާނީ ގާސިމް.ންންނ