ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

Ads by Asuru

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ފޭސް 2 އެމްޕީއެލް ފްލެޓް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް ވެފައިވާކަމުގެ މަޢުލޫމާތު މިއަދު 09:56 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 59 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ

މި މައްސަލަ ފުލުހުން ދަނީ ތަހްގީގްކުރަމުންނެވެ.