ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ބޮޑު ސަރަހައްދެއް ބެލުނުއިރު ވެސް، ކާމިޔާބީއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ޗައިނާގެ ފަތުރުވެރިޔާ ގެއްލުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކ. އަމީންގިރިރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިން އަށް ގޮސް އުޅުނު މީހެކެވެ.

.އެމްއެންޑީއެފުން ރޭ ބުނީ، އެމީހާ ހޯދުމަށް އެ އިދާރާގެ ކޯސްޓްގާޑުން ކުރިއަަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މިގޮތުން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން 124600 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 123 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ކޯސްޓްގާޑްގެ އުޅަނދު ފަހަރުން ވަނީ ބަލާފައެވެ.

މީގެއިތުރުން ވައިގެ މަގުން 330 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، މިހާތަނަށް މި ފަތުރުވެރިޔާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.