މާލެ ސިޓީކައުންސިލްގެ ދިގު ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި “ސްޓާފް ނައިޓް”ގައި ކުރިއަށް ގެންދިޔަ ގުރުއަތުން ޢުމްރާދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވުނު ކައުންސިލްގެ 5 މުވައްޒަފުން ޢުމްރާއަށް ފުރައިފިއެވެ.

Ads by Asuru

މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެސިޓީ ކައުންސިލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާ، ޙައްޖު އަދި ޢުމްރާގެ އަޅުކަންމިހާތަނަށް އަދާކުރެވިފައިނުވާ ފަރާތްތަކުގެ މެދުގައެވެ.

އަގުހުރި އިނާމްތަކަކާއިއެކު މާލެސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. ސްޓާފް ނައިޓްގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށްއަގުހުރި އިނާމްތަކެއް ވަނީ ދީފައެވެ.

ޢުމްރާ ދަތުރު 5 މުވައްޒަފަކަށް ލިބިފައިވާއިރު މި ދަތުރު ތަކަކީ, ހެޔޮއެދޭ ފަރާތްތަކުން ސްޕޮންސަރކޮށްދީފައިވާ ދަތުރުތަކެކެވެ.

މި ޙަފްލާގައި ޢުމްރާ ދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވިފައިވަނީ އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ތަހުމީނާ، ސީނިއަރ ކައުންސިލްއޮފިސަރ ސުލްތާނާ ހަމީދު، ކައުންސިލް އޮފިސަރ މަރްޔަމް ޒާހިދާ، އަދި އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ރަޒާނާ، ގެ އިތުރުންކައުންސިލް އެސިސްޓަންޓް ރަމްލާ އިބްރާހިމްއެވެ.

ކައުންސިލްގެ ސްޓާފް ނައިޓަށް މި ޢުމްރާ ދަތުރުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ، ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ، ލިޓަސް މޯލްޑިވްސް އަދި އޮންދިގޯގެ ފަރާތުންނެވެ.