ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން ހަވާލުކޮށްފިއެވެ.

Ads by Asuru

އާބަންކޯ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އައިސީއެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 20243ގައި ޤާއިމުކުރާ މި މިސްކިތަކީ 11643 އަކަފޫޓުގެ ބިމެއްގައި ބިނާ މިސްކިތެކެވެ. 3 ފަންގިފިލާ ހިމެނޭ މިސްކިތުގައި 521 މީހުންނަށް ނަމާދުކުރެވޭނެއެވެ.

އިއްޔެ ސޮއިކުރެވުނު މިސްކިތް ހިމަނައިގެން ދެވަނަ ފިޔަވަހީގައި ޖުމްލަ 7 މިސްކިތެއް އެޅުމުގެ މަސައްކަތް މިހާރު އެކި ފަރާތްތަކާއި ވަނީ ހަވާލުކޮށްފައެވެ.