މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ނާޒިމް އައްޔަންކޮށްފިއެވެ.

Ads by Asuru

އެމްއެސްއެސްގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ސައީދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރުމާ ގުޅިގެންނެވެ.

އެމްއެސްއެސްއިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނީގެ އެމްޑީއަކަށް އެ ކުންފުނި އުފެދުނީއްސުރެ އެ ކުންފުންޏަށް ހިދުމަތްކުރައްވަމުން ގެންދެވި ނާޒިމް އައްޔަނުކޮށްފައިވާ ކަމަށެވެ.

ނާޒިމް ވަނީ އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފައެވެ.