ގދ. ތިނަދޫގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެމީހާ ހައްޔަރުކުރީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތިނަދޫގައި އިއްޔެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ މީހާގެ އަތުން 138 ބަނގުރާ ދަޅާއި 103 ބަނގުރާ ފުޅި ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް އިތުރަށް ތަހުގީގު ކުރަމުންނެވެ.