ކ. ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 4:40 ހާއިރު އެކްސިޑެންޓު ހިނގިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ، ފޭދޫ ފިނޮޅު ކައިރިން، ދެ ލޯންޗެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާ ލިބިގެން ނިޔާވީ، އުމުރުން 53 އަހަރުގެ މީހެކެވެ. ފުލުހުން ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމީހާ ނިޔާވެފައިވާކަމަށެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.
