މަސްޖިދުލް އަގްސާގެ ތެރެއަށް އިސްރާއީލުގެ ގިނަ އަދަދެއްގެ ބަޔަކު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލުމުން އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފިއެވެ.

Ads by Asuru

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްރާއީލުގެ ދިދަ ހިފައިގެން ގިނަ އަދަދެއްގެ ބަޔަކު އަގްސާ އަށް ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލުން ކުށްވެރިކުރާ ކަމަށާއި، ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ.

އެ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ އިޒްރޭލްގެ ދިދަ ހިފައިގެން ބަޔަކު އަގްސާ މިސްކިތަށް ވަދެ އެމާތް މިސްކިތުގެ ހުރުމަތް ކަނޑާލުމަކީ މުޅި އިސްލާމީ އުންމަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭ ކަމެއް ކަމަށެވެ.