އައްޑޫސިޓީގައި ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

Ads by Asuru

އެކުއްޖާ މޫދުުން ނަގައިގެން ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ.

އަދި އެތަނުން ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު އިރު އޮއްސުނު ވަގުތު ހިނގި މި ހާދިސާގައި މަރުވެފައިވާ ކުއްޖާ ފެނިވަނީ ފޭދޫ ޓްރެކް ސަރަހައްދުން މޫދުން ކަމަށް ފުލުހުން ބުނެއެވެ.

އެކުއްޖާއަކީ އާއިލާއިއެކު މޫދަށް އެ ސަރަހައްދުގައި ހުރި ރެސްޓޯރެންޓަކަށް ދިޔަ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.