ޖުމްހޫރީ ޕާޓީގައި މަސައްކަތް ކުރަމުން ދިޔަ ސޯޝަލް މީޑިއާ އެކްޓިވިސްޓް، މޫސާ އަންވަރު އެމްޕީ އަށް ސޮއިކުރައްވައިފިއެވެ.

Ads by Asuru

މޫސާ އެމްޑީޕީ އަށް ސޮއިކުރެއްވީ އޭނަ މިހާރު ދިރިއުޅުއްވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ. އެމްޑީޕީ އަށް އޭނާ ސޮއިކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

މޫސާ ވިދާޅުވި ގޮތުގައި އޭނަ އެމްޑީޕީ އަށް ސޮއިކުރެއްވީ ރައީސް ސޯލިހުގެ މަޑުމައިތިރި ކަމާއި، ލީޑަރޝިޕްގެ ހުނަރަށް ތާއީދު ކުރައްވާތީއެވެ.

އަދި ވެރިކަމުގެ ދެވަނަ ދައުރަކަށް ވެސް ރައީސް ސޯލިހު ގެންނަން ތާއީދު ކުރައްވާތީއެވެ.