ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮންކްރީޓް ޓްރެކްޓަރއެއް ފުރޮޅައިލައި، ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Asuru

ހާދިސާ ހިނގީ މިއަދު ހެނދުނު 7:35 ގައި ހުޅުމާލޭ ފޭސް ދޭއް ގެ އިންޑްސްޓްރިއަލް ޒޯން ކަައިރީގައެވެ.

މި ހާދިސާގަަައި އެސަހަރަހައްދުން ބައިސްކަލްގައި ދުއްވާފައި ދިޔަ އުމުރުން 13 އަހަރުގެ ދެކުދިންނަށާއި، ޓްރެކްޓަރު ދުއްވި ޑްރައިވަރަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޓްރެކްޓަރު ފޮރޮޅާލައިގެން ވެއްޓުނީ ބައިސްކަލުތަކުގެ މައްޗަށް ކަމަށް މަަޢުލޫމާތު ލިބެއެވެ. ނަމަވެސް އެ ކުދިންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މި ކަމާގުޅިގެން ބަަލަންޖެހޭ ކަންތައް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.