އަމީނީ މަގުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

Ads by Asuru

މި އެކްސިޑެންޓް ހިނގީ އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ހެނދުނު 10:00 ހާއިރު ކަލާފާނު ސްކޫލު ކުރިމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަންއިން މީހާއަށް ކަމަށެވެ.

އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.