ދިވެހިރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ، ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ހއ.ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ގިނަ ދިވެހި ރައްޔިތުން ބޭނުންވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު ފެޑެރަލް ނިޒާމަކަށް ބަދަލުވާާން ނުވިސްނައިފިނަމަ، ވަރަށް ހިތާމަވެރި މަންޒަރެއް ފެނިގެން ހިނގައިދާނެ ކަމަށެވެ.
”ގާނޫނު އަސާސީއަށް ގެންނާން ޖެހޭ ބަދަލު ގިނަ. ފެޑެރަލް ނިޒާމަކަށް ބަދަލުވުމާއިއެކުގައި، ވެރިކަމުގެ ނިޒާމު، ނުވަތަ ވެރިކަން ކުރާ ގޮތަށް ބަދަލު ގެނައުން އެއީ، ބޭނުންތެރި ކަމެއްގެ ގޮތުގައި، އެތައް ދިވެހީންނަކަށް މިއަދު އެބަ ފެނޭ.“
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ނިޒާމާ ބެހޭ ވޯޓެއް ނެގީ މީގެ އެތައް އަހަރެއް ކުރިން ކަމަށްވާތީ، އަލުން އެ ވޯޓު ނެގުމަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ.
ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް، 2007 ވަނަ އަހަރުގައި ނެގުނު ވޯޓުގައި، ރައްޔިތުން އިހްތިޔާރު ކުރީ ރިޔާސީ ނިޒާމެވެ.

ކަލެއަށް ވެރިކަން ނުލިބުމަކީ މިގައުމުގެ ހުރިހާރަޔިތުން ހަނާވާންޖެހޭކަމެއް ނޫން ކުރީިގަ ރައްޔިތުން ބުނެފަ އެއޮތީ ބޭނުންވާގޮތް ވަރަށް ސަލާމް
ދިވެހިން ބަރުލަމާނީ ބޭނުމެއް ނޫން…ވެރިކަން ހޯދަން ހާދަ ވަރެކޭ ތިވަނީ.
ދުނިޔޭގެ މަދުގައުމެއްގާ އޮތީ ބަރުލަމާނީ އެގައުމުތަކުގައި އޮތީ ހަމަނުޖެމާ ލޭއޮހުރުން މިސާލަކައް އެކުވެރި ލަންކާ ގައި އެއޮތީބަރުލަމާނީ އެއޮތީ ބަގުރޫޓުވެފާ ރައްޔަތުން ތަޅާފޮޅަނީީ ތީބުނާ ބަރުލަމާނީ ނިޒާމުގައި އޮންނަގޮތް ބޮޑުވަޒީރަށް އޮންނަނީހުރިހާބާރެއް އެއީ ނަސީދުބޭނުންވެގެން އުޅެނީ އެކަން ހުރިހާބާރެއް ނަސީދުއަށް ދޭންވީ އެހެންވާނީކިހިނެއހިލާ އެހެނެއްނުވާނެ ދޯ