ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ ވަކި ކުރުން ވެގެންދާނީ، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އަޅާނެ އެންމެ ޅަ އެއްޗަށް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ސޯލިހާ އާއިލީ ގުޅުން އޮންނަ، އީވާ ވަކި ކުރެއްވުމަކީ 2023 ވެސް ގެއްލިދާނެ ކަމެއް ކަމަށް މަލީހު ވިދާޅުވިއެވެ.
”ދާއިމަށް އާއިލާ ތެރެއިން ދުޝްމަނުން ތިޔަ އުފަން ކުރެވެނީ. ތިޔަ ގެއްލުވާލަނީ 2023 އެކަންޏެއް ނޫން.“
މަޖިލިހުގެ ނާއިބު ރައީސް ކަމުން އީވާ ވަކިކުރުން ވާނީ ރައީސް އިބޫ ސިޔާސީ ގޮތުން އަޅާނެ އެންމެ ޅައެއްޗަށް. ދާއިމަށް އާއިލާ ތެރެއިން ދުޝްމަނުން ތިޔަ އުފަން ކުރެވެނީ. ތިޔަ ގެއްލުވާލަނީ 2023 އެކަންޏެއް ނޫން. އަނެއްކާ ރިއެކްޓް ނުކުރައްވާ ރައީސް ރިއެކްޓްކުރަން މަޖްބޫރު ވީތޯ? pic.twitter.com/eiLRKAitCz
— Mohamed Maleeh Jamal (@maleehjamal) May 25, 2023
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން 50 މެމްބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.
އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ އީވާ މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.
މަލީހު ތީ ސިޔާސީ މީހެއްތަ އީވާ ކީއްވެ ސާލިހު ދޫޖޮށްފަ ދިޔައީ ދެންކީއްކުރަން އީވާއެއް