ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ރޭ ބޭއްވި އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަރސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަރސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ޒަމާނީ ޢިލްމު ފުޅާކޮށް، ތަޢުލީމުގެ ފުރުސަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ.
އަދި އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ހާއްސަކޮށްފައި ވަނީ މަތީ ތައުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެސް ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި އެގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެކަމަށާއި ހަމައެހެންމެ ކުރިންވެސް ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިހިނެއް ތިވާހަކަ ގަބޫލު ކުރާނީ . މާސްޓާޑް ފެންވަރަށް ކިޔަވާއިތުރަށް ގައުމުގަ ކިޔެވެން ފުރުސަތު ނެތް ކުދިންނަށް ކޮންގޮތެއް އޮތީ ؟ . ކިޔެވި ދާއިރާއަކުން އިތުރަށް ގައުމުގަ ތިބެ ކިޔެވެން ނެތް އިލްމީދަރިންނަށް . ރައިސްދެއްވާފޮށީގަ އޮންނާނީ އިތުރަށް ތައުލީމު ހޯދަން ސްކޮލަޝިފެއް ނޫން . 1000 ރުފިޔާއަށް ދޭއަތުކުރީގަޑިއެއް ، އެވަރަށް މަތީވަނަ ހޯދަން މަސައްކަތް ކުރާނީ އަތުކުރީގަޑިއެއް ލިބޭނެތީތަ ؟ ވަނަ ލިބޭކުދިން ނަށް ލިބެން ޖެހެނީ ގައުމުގަ ތިބެ ކިޔެވެން ފުރުސަތު ނެތް ދާއިރާއިން ސްކޮލަޝިޕް . އެއީތައުލީމަށް ހިދްމަތް ކުރުމާ ތައުލީމް ކުރިއަރުވަން މަސައްކަތް ކުރުމަކީ . ގާބިލް ޒުވާނުން އުފެއްދުމަށް ލޯނާނުލާ ސްކޯލަޝިޕް ލިބުން އެއީ ޒުވާނުންނަށް ކޮއްދެއްވަން ޖެހޭކަމަކީ . ލޯނާނުލާ ޔުނިވަސިޓީގެ ސްކޯލަޝިޕު ލިބި ކިޔެވުން ނިމުނީމަ އިތުރަށް ޕީއެޗްޑީއަށް ކިޔަވާކަށް ބޮޑު ލޯނުނަގާ 40އަހަރުވާއިރު ލޯނުން ސަލާމަތް ނުވެވިފަ ތިބެން ޖެހުން އެއީޒުވާނުން ނަން ކޮއްދެއްވާހޮޔޮކަމެއް ނޫން . މަތީވަނަ ތަކުގަ ފާސްވާކުދިންނަކީ ލޯނުގަ ކިޔަވާކުދިން ނަން ނުވާއިރު ، އިތުރަށް ކިޔަވަން ބޭނުން ވެ ލޯނާހަވާލުވެ ޒުވާން އުމުރު އެކަމުން ސަލާމަތް ނުވެވިފަ ޕީއެޗްޑީއަށް އަށް ވެސް ސްކޯލަރޝިޕް ލިބެން ޖެހޭ ގައުމުގަ ކިޔެވެން ނެތް ދާއިރާތަކުން . .