ރާއްޖޭގައި އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ހުޅުވައިފިއެވެ.

މި ހައިކޮމިޝަން ގާއިމުކޮށްފައިވަނީ ހޮޓެލް ޖެންގެ 5 ވަނަ ފަންގިފިލާގައެވެ.

ހައިކޮމިޝަނުން ބުނީ ކޮންސިއުލަރ ހިދުމަތް ފަދަ ބައެއް ޚިދުމަތްތައް އެ ކޮމިޝަނުން ލިބޭނެ ކަމަށާއި ނަމަވެސް ވިސާ އަދި ޕާސްޕޯޓާ ގުޅުންހުރި ހިދުމަތްތައް އަދިވެސް ފޯރުކޮށްދޭނީ ލަންކާގެ ކޮލަމްބޯގައި ހުންނަ ހައި ކޮމިޝަނުން ކަމަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ހުޅުވުމާ ގުޅިގެން ވަރަށް އުފާ ކުރައްވާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ, އައު އުސްމިންތަތަކަށް ދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައެވެ.