މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބްރިޖްގެ ހައިވޭގައި، ރޭ ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު، ފުލުހުންގެ އިދާރާއަށް ލިބުނީ، ރޭ 12:04 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 43 އަހަރުގެ ދިވެހި ފިރިހެނަކު، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މަރުވި މީހާގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މަންޒަރު ދުށް މީހަކު ބުނީ، އެ ސަރަހައްދުގައި ގިނަ އަދަދަކަށް ލޭ ހުރި ކަމަށެވެ.

 

ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.