މި އަހަރުގެ ރިޔާސީ އިންތިޚާބުގެ  އޮބްޒާވްކުރުމުގެ ދަޢުވަތު، ބޭރުގެ 15 ޤައުމަކަށް އިލެކްޝަންސް ކޮމިޝަން(އީީސީ)އިން ދެއްވައިފިއެވެ.

Ads by Asuru

އީސީން ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ފަށައިފައިވާއިރު، އިންތިޚާބު އޮބްޒާވްކުރުމަށް 15 ޤައުމެއްގެ އިލެކްޝަންސް އިދާރާއަށް  މިދިޔަ ހަފްތާގައި ރަސްމީކޮށް ދަޢޔވަތު ފޮނުވާފައިވާކަމަށް އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވަނީ ވިދާޅުވެފައެވެ.

މިގޮރުން އީސީން ދަޢުވަތު ފޮނުވި ޤައުމުގެތަކުގެ ތެރޭގައި ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލޭންޑް، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކިރިގިސްތާން، އަދި ހަންޑޫރަސް ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޯޑަން، ކެނެޑާ، ޖަޕާން އަދި ނޭޕާލް ވެސް ހިމެނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެނަނަ، އެ ވޯޓުލުން ސެޕްޓެމްބަރު 30 ގައި ކުރިއަށް ގެންދާނެއެވެ.