ރާއްޖޭގައި 19 އެއާޕޯޓެއް އަޅާފައިވާއިރު، އޭގެ ތެރެއިން ދެ އެ އާޕޯޓު އެޅީ މި ސަރުކާރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ، ފ.މަގޫދޫގެ ފެނަކަ އޮފީހާއި، އެ ރަށުގެ ފެނާ ނަރުދަމާގެ ހިދުމަތް އިފްތިހާހު ކުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރުން މިހާރު ވެސް ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”އިރާދަކުރެއްވިއްޔާ، 21 ވަނަ އެއާޕޯޓަކަށް ވާނީ، މި މަގޫދޫގެ އެއާޕޯޓު.“

މިނިސްޓަރު އިތުރަށް ވިދާޅުވީ ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުފަތުރު ކުރުން ފަސޭހަ ކުރުމަށް ހިންގާ މަޝްރޫއުތައް ނިމުމުން، އެއް ރަށުން އަނެއް ރަށަށް ނުދެވޭނެ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.