ބޭނުންވާ ތަކެތި:

  • 4 ބިސް
  • 200ގ ހަކުރު
  • 200ގ ފުއް
  • 10 މ ސަމުސާ ބަޓަރު
  • 1 މ ސަމުސާ ބޭކިން ޕައުޑަރ
  • 1 މ ސަމުސާ ވެނިލާ އެސެންސް
  • 1 ޖޯޑު ރޯކިރު
  • ވިޕިން ކްރީމް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބިސްތައް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް، ހަކުރާއި، ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ.

Ads by Asuru

ދެން އަނެއްކާވެސް ފުށާއި، ބޭކިން ޕައުޑަރ އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. ދެން އެއަށްފަހު ވަކިން ތެއްޔެގެ ތެރެއަށް ކިރާއި ބަޓަރު އެޅުމަށްފަހު އެއްވަންދެން އުނދުނުގައި ރަނގަޅަށް ހޫނުކޮށްލާށެވެ. އެއަށްފަހު ކުރިން ހެދި މިކްސްގެ ތެރެއަށް އެއްވެފައިހުރި ކިރާއި ބަޓަރު ކޮޅު އަޅާލާ، އެނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.

ރަނގަޅަށް މިހުރިހާ އެއްޗެއް އެއްކުރުމަށްފަހު ކޮންޓެއިނަރަކަށް ނުވަތަ ކޭކް ފިހާ ޓްރޭއަކަށް އަޅާ، އަވަންނުން 30 މިނެޓުވަންދެން ކޭކު ފިހެލާށެވެ. ކޭކް ފިހެވުމުން ހިހޫކުރުމަށް ކޭކް އަވަނުން ނަގާފައި ބަހައްޓާށެވެ. އަދި ކޭކް ހިހޫ ވުމުން ކޭކްގެ މަތީގައި ވިޕިން ކްރީމް ހާކާށެވެ.