ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެ އަށް ދަތުރު ކުރަނިކޮށް ދޯންޏެއްގެ އިންޖީނުގޭގެ ޑީސަލް ޓޭންކުގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ އަލިފާން އެމްއެންޑީއެފް ހުޅުމާލެ ފަޔަ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

Ads by Asuru

އެމްއެމްޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ފަތިހު 4:00 އެހާކަށްހާ އިރު ލިބުމާއެކު، އެމްއެންޑީއެފް ހުޅުމާލެ ފަޔަ ސްޓޭޝަންގެ ސިފައިން، ދޯނި އޮތް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަަސައްކަތް ފެށި ކަމަށެވެ.

އެގޮތުން ”ސީއެމްއެފް-2“ ނަމަކަށް ކިޔާ އެ ދޯނީގެ ޑީސަލް ޓޭންކުގައި އަލިފާން ރޯވީ، ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގަށް އޮންނަ ބަނދަރަށް ވަންނަނިކޮށް ކަމަށް ވެސް ބުންޏެވެ.

އަލިފާން ރޯވުމުން، އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު އެ ދޯނި އެ ދިމާލު ބަނދަރަށް ގާތްކުރުމަށް ފަހު، އެމްއެންޑީއެފް ހުޅުމާލެ ފަޔަ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން 4:48 އެހާކަށްހާ އިރު އަލިފާން ނިއްވާލައިފައެވެ.

ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން ކުނީގެ ގޮތުގައމި ދޯނީގައި ހުރި ބައު ދަނގަޑާއި ޓައިރާއި ލަކުޑިފަދަ ތަކެތީގައި ވެސް ރޯވިއެވެ.

އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.