ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭވަރަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާތީ ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.

ޖަލްސާ ފެށުމާއެކު މެމްބަރުން ނިޒާމީ ނުކުތާ ނަގާ ވަނީ ޖަލްސާގެ އެޖެންޑާގެ މަސައްކަތް ކުރިއަށް ނުގެންދެވޭގޮތަށް ހުރަސް އަޅާފައެވެ.

އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަގާ، އަޑު ގަދަ ކުރީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް އޮތުމުންނެވެ.

މެންބަރުން ތަކުރާރުކޮށް ނިޒާމީ ނުކުތާނަގާފައިވާއިރު މިއަދުގެ ޖަލްސާއަށް ފުރަތަމަ އެޖެންޑާ ކޮށްފައިއޮތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލުކުރުމެވެ. އެހެންނަމަވެސް ޖަލްސާ ކުރިއަށް ނުގެންދެވުމުން ސުވާލު ކުރުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނިޒާމީ ނުކުތާއާހެދި މަޖިލިސް މެދުކަނޑާލުމަށްފަހު ދެން ފެށިއިރު ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ހުށަހަޅާފައި އޮތް ކުއްލި މައްސަލައެކެވެ.

ަނަމަވެސް، މެމްބަރުންގެ ކޯޅުމާ ހެދި އެކަން ވެސް ނުވެ، މަޖިލިސް ނިންމާލީއެވެ.