ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގައިފިއެވެ.
އީވާ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅި 50 މެންބަރުންގެ ސޮޔާއެކުއެވެ. އީވާ މަގާމުން ވަކިކުރަން ހުށަހެޅި ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވަނީ އިއްޔެއެވެ.
ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރާނެކަން މެންބަރުންނަށް އަންގަވާފައިވާކަން އަމީން އާންމު ފާތިމަތް ނިޔުޝާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ.
އެހެންނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން، އެމަނިކުފާނު ވަނީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން ހާމަކުރައްވާފައެވެ.
