އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ޢަބްދުލްގައްޔޫމަށް އަނިޔާކުރުން ހުއްޓައިލުމަށް ގޮވައިލާ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ރައީސް އޮފީސް ކައިރިއަށް ވަޑައިގެންފިއެވެ.
އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން މިއަދު މެންދުރު އެ ސަރަހައްދަށް ވަޑައިގަތުމުން، ސިފައިން ނެރެ އެ ބޭފުޅުން އެ ސަރަހައްދުން ވަނީ ދުރަށް ޖައްސައިފައެވެ.
ރައީސް ޔާމީނަށް ސަރުކާރުން އަނިޔާ ކުރާކަމަށް ވިދާޅުވެ އިދިކޮޅު އިއްތިހާދުގެ ލީޑަރުން ރައީސް އޮފީސް ދޮށަށް ވަޑައިގަތީ އިއްޔެ އޮތް ރ.ފުއްގިރި މައްސަލައިގެ އަޑުއެހުން 13 ގަޑިއިރަށް ދިގު ދަންމައިލުމާ ގުޅިގެންނެވެ.
އިއްޔެ ހެނދުނު 9:00 ގައި ފެށި އަޑުއެހުން ނިންމާލާފައިވަނީ ރޭ 22:00 ހާއިރުއެވެ.
މިއަދު އެ ސަރަހައްދުގައި އާންމުންވެސް އެއްވެ އިޙްތިޖާޖު ކޮށްފައިވެއެވެ.
