ހުލުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަތް ބުރީގެ އޮފީސް އިމާރާތެއް އެެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އާބަންކޯ އިން މިފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ މަހު ހަތަރުވަނަ ދުވަހުގެ ހެނދުނު 11:00 ހާއިރު އޮންލައިންކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ބޭސްމަންޓް ނުހިމެނޭ ގޮތަށް ޓެރަސް ފްލޯ ލައިގެން މިއިމާރާތުގައި ޖުމްލަ އަށްބުރި ހުންނާނެއެވެ.
މި އޮފީސް އިމާރާތަކީ ތަފާތު ހަރަކާތްތައް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ އަދި ޒަމާނީ އޮފީސް ވަސީލަތްތައް ވެސް ގާއިމުކުރެވިފައިވާ އިމާރާތަކެވެ.
އާބަންކޯ އިން ބުނީ މި އޮފީސް އިމާރާތް ހަދާނީ އިނގިރޭސިވިލާތުގައި އަމަލުކުރާ ހުރިހާ ބިލްޑިން ކޯޑްތަކަކާ އެއްގޮތަށް ކަމަށެވެ.
ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ރެޑްކްރެސެންޓުގެ އިމާރާތާ ޖެހިގެން އޮންނަ ބިމުން 5،262.61 އަކަފޫޓުގެ ބިމެއް މި އޮފީސް އިމާރާތަށް ވަނީ ކަނޑައަޅާފައެވެ.