ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، އުމުރުން 65 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ހިތިގަސްމަގު ޕްލެޓިނަމް ކައިރީގައި ދެ ކާރު ޖެހި އެތަނުން އެއް ކާރު ކޮންޓްރޯލް ނުވެ ޑިވައިޑާތަކުގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި ތިން މީހުންނަށް އަނިވާގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު އެތަނުން އެކަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ނިޔާވީ ކާރު ދުއްވައިން އިން ޑްރައިވަރެވެ. އެ ކާރުގައި އެވަގުތު އިނީ ވެސް ޑްރައިވަރު އެކަނި ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ މީހުންނަކީ އެކްސިޑެންޓްވި ކާރުގައި ތިބި ދެ މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.