މާލޭގެ އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން މަސްފެންގަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލިފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހާ  ހަމައަށް ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ބީލަމުގައި ބައިވެރިވާން މި މަހުގެ 22 ގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ.

ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

މިނިސްޓްރީން ބުނީ، މި މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 22 ގެ މެންދުރު ފަހު 1:30 ގައި އިސްލާމީ މރުކަޒުގައި އޮންނާނެ ކަމަށެވެ.