ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނަސް ޕާޓީގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް‘ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ވެސް ގާނޫނު އަސާސީން ލިބިދީފައި އޮންނަ ހައްގުތަކެއް ކަމަށާއި، ޑިމޮކްރެޓްސް އިން އެ ޕާޓީގެ ހަރުގެތައް ވެސް ހިންގައި ކެމްޕޭނުގެ ހުރިހާ މަސައްކަތެއް ވެސް ކުރަމުންދާނެ ކަމަށެވެ.
”އަޅުގަނޑުމެން ކުލަވެސް ބޭނުން ކުރާނަން. ދަ ޑިމޮކްރެޓްސް މިނަންވެސް ރާއްޖޭގެ ރަށްރަށުގަ ކިޔަމުން ގެންދާނަން. އަޅުގަނޑުމެން މި ގެންދަނީ ލަވަވެސް ހަދަމުން،“ ހަސަން ވިދާޅުވިއެވެ.
ހަސަން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް ތަކުރާރު ކުރައްވައިފައެވެ.

ރާބޯ ޕާޓީއަކަށް އެއްވެސް ހުއްދައެއް މުހިއްމެއްނުވާނެ ައައަ