މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީ މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ އަންނަ މަހު 15 އިން ފެށިގެން އެ ފީ ނަގާށެވެ.
ބިދޭސީންގެ އަތުން ނަގާ ފީއަށް ބަލާއިރު، ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން 15ރ، އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއް އަތުން 50ރުފިޔާ، ޓޫރިސްޓް ވިސާގައި ޕާކަށް ވަނަން ބިދޭސީއަކަށް 75 ރުފިޔާ، އަދި ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ 500 ރުފިޔާ ނަގާނެއެވެ.
ޕާކްތަކަށް ވަނަން ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތައްވެސް ހުރެއެވެ.
އެގޮތުން އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީންނާއި، ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުންނާއި، 18 އަހަރު ނުވާ ބިދޭސީ ކުޑަކުދިންގެ އަތުން ފީއެއް ނުނަގާނެއެވެ.
ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަދަދު ފާސްކުރީ 11 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.
