ތ.ވިލުފުށީ ސްކޫލްގައި ހަތަރު ކްލާސްރޫމް އަޅަން ބަޔަކާ ޙަވާލު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި ޕީ.އެސް.އައި.ޕީ 2022 ގެ ދަށުން ކުރިއަށްދާ މި މަޝްރޫޢު ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓާއެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4,324,593.02ރ (ހަތަރުމިލިއަން ތިންލައްކަ ސައްވީސްހާސް ފައްސަތޭކަ ނުވަދިހަ ތިންރުފިޔާ ދެލާރި) އަށް މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވ ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ފައިނޭންސް އޮފިސަރ އިސްމާޢިލް ޒަހުރާން ޒުބައިރެވެ.