ރާއްޖޭގެ ޒުވާނުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދެކެނީ އެމީހުންގެ ލީޑަރުގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޖާބިރު މިއަދު އެމްޑީޕީއަށް ސޮއި ކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ސޯލިހުވިދާޅުވީ ޖާބިރު އެމްޑީޕީއާ ގުޅުމަކީ އެމްޑީޕީއަށާއި އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް އަދި ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރުގެ ހިއްސާ ވަރަށް ބޮޑަށް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
2018 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރު ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެ އިންތިހާބު ކާމިޔާބު ކުރުމުގައި ޖާބިރު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ޖާބިރުގެ ފޯރީގައި ނިކުތުމުން ވަރަށް ގިނަ ބައެއްގެ ތާއީދު ލިބޭނެ ކަމަށާއި ޖާބިރަކީ ޒުވާނުން ލީޑަރެއްގެ ގޮތުގައި ބަލައިގަންނަ ފަރާތެއް ކަމަށް ވިދާޅުވިއެވެ.
”އޭގެ ތަޖުރިބާގައި އަޅުގަނޑަށް ކެރޭ މިއަދުވެސް ދަންނަވަން ޖާބިރުގެ އެ ފޯރީގައި އެ ޖޯށާއެކީގައި ނިކުމެވަަޑައިގަތީމައި ވަރަށް ބޮޑު ކާމިޔާބެއް ވަރަށް ގިނަބައެއްގެ ލިބިގެންދާނެ. ހާއްސަކޮށް މިއަދުގެ ޒުވާނުން ދެކޭގޮތުގައި، އެކުދިންގެ ތެރޭގައި ޖާބިރަކީ ހަމަ އެމީހުންގެ ލީޑަރުގެ ގޮތުގައި ބަލައިގެންފައި ހުރީ.“ ރައީސް ސޯލިހް ވިދާޅުވިއެވެ.
ޖާބިރު މީގެ ކުރިންވެސް ދެ ފަހަރު އެމްޑީޕީއަށް ސޮއިކުރެއްވިއެވެ.
ޒުވާނުން ރާ ބޭނުމެއް ނުވޭ