ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި، ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް މިއަދު ވިދާޅުވީ، މި ޖަލްސާ ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
”އެހާތަނަށް ޑިމޮކްރެޓްސް ރަޖިސްޓަރ ވެގެން އަޅުގަނޑުމެންނަކަށް ލިޔުމެއް ނުލިބޭނެ. އެހެންނަމަވެސް، އަޅުގަނޑުމެން ޕާޓީގެ ފަރާތުން އެކަން ކުރަމުންދަނީ އިނގޭތޯ؟
ޢާޒިމް ވިދާޅުވީ، މިއަދުވެސް ޕީޕީއެމް-ޕީއެންސީއާއެކު މަސައްކަތް ކުރާނެ ގޮތާއި ގުޅޭ މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށާއި، ވާހަކަ ދެކެވުނު ކަންކަން ފަހުން ހިއްސާ ކުރަމުންދާނެ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، ޑިމޮކްރެޓްސް އާއި ގުޅިގެން ޕީޕީއެމް-ޕީއެންސީން ހިންގާ ހަރަކާާތްތައް ފުޅާ ވެގެންދާނެ ކަމަށާއި، ދެ ފަރާތުން ގުޅިގެން ޖަގަހަ ޖަލްސާތައްވެސް ބާއްވާނެ ކަމަށެވެ.
މި ސަރުކާރު ބަދަލު ކުރުމުގެ ގޮތުން، ޕީޕީއެމް-ޕީއެންސީ އަދި ޑިމޮކްރެޓްސްއިން އިއްތިހާދުވާާ‘ ނިންމައި، މަޝްވަރާތައް ފަށައިފައި ވަނީ އިއްޔެއެވެ.
