މި ސަރުކާރުން، ވެރިރަށް މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އިއްޔެ އިއުލާނު ކޮށްފައިވާއިރު، ގޯތި ދީފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެކުވެރިންނަށާއި، އެކި މަގާުތަކުގައި ތިއްބެވި ބޮޑެތި މީހުންނަށް ކަމަށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމާ ގުޅިގެން، ޕީޕީއެމް-ޕީއެންސީން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ، ސަރުކާރުން ގޯތި ދިނީ ހައްގު ނޫން މީހުންނަށްކަން ފާހަގަކޮށްފައެވެ.
ގޯތި ބެހީ، ރިޔާސީ އިންތިހާބާ ދިމާކޮށްކަމަށާއި، އެއީ ސިޔާސީ އަމަލެއް ކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ.
އަދި ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ކުރީގެ ރައީސް ޔާމީންގެ ވެރިކަމެއްގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީީސް ޔާމީންގެ ސިޔާސަތެއް ކަަމަށެވެ.
އަދި އެމަނިކުފާނަށް ދެން ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެކަމުގެ ޔަގީންކަންދޭ ކަމަށް ބުނެފައިވެއެވެ.

ނޫނޭ ހަމައެކަނި ސޯލިހްގެ އެކުވެރިން ނަކަށް ނޫން މަމެން ގޭ ކުއްޖަކަށް ލިބުނު އެމްޑީޕީ އެއް ސޯލިހަކާ ގުޅުމެއް ނެތް.