ހަނދު ގެނެސް ދިނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދޭނެ މީހަކު ދެން ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު(ޓޮމް) ފާޑުވިދާޅުވެއްޖެއެވެ.
”ބިންވެރިޔާ“ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5,000 ގޯތި ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އިއްޔެ އާންމުކުރުމުން ތޯރިގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއުލާން ކުރި ގޯތިތައް ހުރީ ކަނޑުގައި ކަމަށެވެ.
އަދި ރައީސް ސޯލިހު ދެއްވާނެ ގޯއްޗެއް ހިކިފަސްތާކު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން ދައްކާހައި ވާހަކަތަކަށް ހެއްލޭ ވަރަށް މިއަދު ދިވެހިން ގަމާރެއް ނޫން ކަމަށާއި ހަނދު ގެނެސް ދިނަސް ރައީސް ސޯލިހަށް ވޯޓުދޭނެ މީހަކު ދެނެއް ނުވާނެ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
”ރައީސް ޞާލިޙްއެވެ. ދިވެހިން ގަމާރެއް ނޫނެވެ. ތި އިއުލާން ކުރާ ގޯތިތައް ހުރީ ކަނޑުގައެވެ. ހިކިފަސްތާކު މަނިކުފާނު ދޭނެ ގޯއްޗެއް ނެތެވެ. ހަނދު ދިނަސް ވޯޓުދޭނެ މީހަކު ދެނެއްނުވާނެއެވެ. މަރަށް ތެޅޭތަން ނޫންތަނެއް ނުފެނެއެވެ.“
ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާނުކޮށްފައިވާއިރު, އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެ ބިންތައް އެއްވެސް އިންސާފެއް ނެތި ރައީސް ސޯލިހުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 އަދި ގުޅީފަޅު ގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭ ވެސް ހަދަފައި ނުވާ ސަރަހައްދުތައް ވެސް ހިމެނޭކަމަށް އިދިކޮޅުން ބުނެއެވެ.
ހަނދުގެނެސް ކަލެއައް ދެވިދާނެތަ އެއިރުން ވަރަަށް ގިނަ ވޯޓު ކަލޭ ތިޔަބޭނުންވާ ވޯޓުވެސް ލިބިދާނެ