އީދު ދުވަހާއި ގުޅިގެން ”އުފާވެރި ޒުވާނާ“ގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ހުޅުމާލޭގައި އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
އެ ޕާޓީން މައުލޫމާތުދޭ ގޮތުގައި، އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ H78 ހޮޓެލް ކުރިމަތީ ބީޗުގައި މިއަދު ހެނދުނު 9:00 އިން 12:00 އަށް ކަމަށެވެ.
މި އިވެންޓުގައި މޫދު ކުޅިވަރުގެ އިތުރުން އީދު ސައި، ކުލަޖެހުން އަދި ބޮޑުބެރުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށް އެމްއެންޕީއިން ބުނެއެވެ.
