މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އާއްމު އާންމުކުރިއިރު، ރަށްވެހިކަން ބަދަލު ކުރި އިންޑިއާ މީހަކަށް ވެސް ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެފައިވާކަން ހާމަވެއްޖެއެވެ.

ޓްވިޓަރގައި ”ހަސަން ކުރުސީ“ގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓުން، މިކަމާ ގުޅޭ ގިނަ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. އަދި

ގޯތި ލިބުމަށް ޝަރުތު ހަމަވި މީހާގެ ނަމަކީ ހަބީބް ރަހިމާން މުހައްމަދު ހަނީފެވެ. އާއްމުންގެ އެކުވެރި ގުޅުން ޖަމިއްޔާގެ ރައީީސް، މިދުއަމް ސައުދު ވިދާޅުވެފައިވާ ގޮތުގައި މި މީހާ އަކީ މާލޭ މީހާކާ އިނދެގެން އުޅޭ މީހެއް ކަމަށާއި، އެމީހާ މާލޭގެ ރައްވެއްސަކަށް ބަދަލުވީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައެވެ.

އަދި މި ލިސްޓުގައި އެމީހާ އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މިދުއާމް ވިދާޅުވިއެވެ.

ހިލޭ ގޯތި ލިބޭ މީހުންގެ ލިސްޓުގައި މާލޭގައި ގެދޮރު ހުރި، އެތައް ވިޔަފާރިއެއް ހިންގާ މީހުންގެ ނަންތައްވެސް ހިމެނޭއިރު، ގިނަ ބަޔަކު ދަނީ މިކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.