ވެރިރަށް މާލޭގައި މިއަދު، ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަޖީދީ މަގުގައި، ރެޑްވޭވް ފިހާރަ ހިސާބުގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ، ފަތިހު 05:01 ހާއިރުއެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބުނު އުމުރުން 50 އަހަރުގެ ފިރިހެންމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެކްސިޑެންޓުވި ސައިކަލު ދުއްވަން ހުރި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެންމީހާގެ ލައިސެންސެއް ނެތެވެ. އަދި މި މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.