ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތޮއްޑޫއަށް ވަޑައިގެންފިއެވެ.
އަޟްހާ އީދު ފާހަގަ ކުރެއްވުމަށް ރައީސް ސޯލިހު ތޮއްޑޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސް ސޯލިހު ތޮއްޑޫއަށް ވަޑައިގެންފައިވާއިރު އެމަނިކުފާނަށް ހާއްސަކޮށް އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ދެއްވާ ޖާފަތެއް މެންދުރު ބޭއްވިއެވެ.
އަދި ތޮއްޑޫގައި އީދު ފާހަގަކުރުމަށް މިއަދު ހަވީރު ކުޑަކުދިންގެ ހާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރޭ އީދު ޝޯ އޮންނާނެ ކަމަށް ވެސް މައުލޫމާތުލިބެއެވެ.
