ސަރުކާރުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެ ރައްޔިތުންނަށް ބިން ދޫކުރުމަށް ހިންގި ”ބިން ވެރިޔާ“ ސްކީމުގެ ދަށުން އާންމު ކުރި ލިސްޓުގައި މައްސަލަތައް ހުރިކަން ސަރުކާރުން ގަބޫލުކޮށްފިއެވެ.
އެގޮތުން ހައުސިން މިނިސްޓްރީން ބުނީ، ގޯތި ލިބުނު މީހުންގެ ލިސްޓުގައި ބިދޭސީންގެ ނަން އޮތީ އޮޅުމަކުން ކަމަށާއި، އެ ލިސްޓުގައި ހުރި މައްސަލަތައް ދައިމީ ލިސްޓުގައި ރަނގަޅު ކުރާނެ ކަމަށެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ، ލިސްޓުގައި ޝަރުތު ހަމަ ނުވާ މީގެ ތިން އަހަރު ކުރިން ދިވެހި ރައްޔިތުކަން ލިބުނު ދިވެއްސަކާއި އިނދެގެން އުޅޭ މީހަކަށް ބިން ލިބޭ ކަމަށް އޮތުމުން އެ މައްސަލައަށް ޖަވާބު ދެމުންނެވެ. އެގޮތުން މިމައްސަލަ މިހާރު ކޮމެޓީއަށް ފާހަގަ ވެފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެކަން ދައިމީ ލިސްޓުގައި ރަނގަޅު ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ކަން ހިނގާފައިވާ ގޮތް މިނިސްޓްރީން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކާއި ހިއްސާކޮށްފައެވެ. މިގޮތުން ހައުސިންގް މިނިސްޓްރީން ވިދާޅުވީ، ލިސްޓުތައް ޗެކް ކުރިއިރު ބެލީ ޑީއެންއާރް ސިސްޓަމްކަމަށް ވުމުން، އޭނާ ކުރިން ރާއްޖެއިން ބޭރުގައި ރެޖިސްޓްރީ ވެފައި އޮވެ، ޑީއެންއާރް ސިސްޓަމުން އިތުރު ރެޖިސްޓްރީއެއް އޮތް ކަމަށް ނުދެއްކީ ކަމަށެވެ. އެހެން ކަމުން އޭނާ ޝަރުތު ހަމަވާ ކަމަށް ލިސްޓަށް އެރީ އެކަމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ލިސްޓުގައި އިތުރު މައްސަލަތަކެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މިމައްސަލަތައް ދައިމީ ލިސްޓުގައި ހައްލު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އޮޅިގެން ދިވެހި ހުރިހާރައްޔިތުންގެނަން ހިމަނާލިނަމަ އޮޅުނު ކަމަށް ވާތީ . ގަސްދުގަކޮއްފަ އޮޅިގެން ކަމަށް ބުނުން އެއީދޮގުހެދެން . އޮޅިގެންވެސް މާލެ ރަޖިސްޓަރ ނޫން އެހެން ރަޖިސްޓަރ އެއް ހިމެނިފަ ނުވުން . އޮޅިގެން ދޭންބޭނުންވާ ދަފްތަރ ރަޖިސްޓަރގަތިބިބަޔަކު ހިމަނާ ، ގެވަޅެއް ، ގެދޮރުނެތި ރަޖިސްޓަރވާނެ ތަނެއްނެތިފަ ތިބި އެތައްބަޔަކު ދަފްތަރު ގަ ތިބި މީހުންނަށް ނުދިނުން މަގޭނަން އޮޅިގެން ހިމެނިފަނެތުން . އެއީއެންމެ ބޮޑުމައްސަލަ . އިންޑިޔާމީހަކަށް ދޭން ޖެހެނީމަށަށް ދީފަ . ދީފަ ބާކީވިއަސް އޮޅިގެން ގަންނަށް ނޫނީ ދީގެން ނުވާނެ . މިބުނަނީ ހިލޭދީގެން ނުވާނެ .