ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތި ދީފައިވަނީ އިންސާފުންކަމަށާއި، އެއީ ބަދަލު ނުކުރެވޭނެ ޙަޤީޤަތެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިއަދު ޓްވީޓެއްގައި ވިދާޅުވީ 10،000 އަށްވުރެ ގިނަމީހުންނަށް ގޯތި ދޫކޮށް، ވަގުތީ ލިސްޓެއް އާއްމުކުރުމުން، މިދިޔަ ދެތިން ދުވަހު ތެރޭގައި ޝަކުވާގެ ގޮތުގައި ނޫނީ ކަންބޮޑުވުންތަކެއްގެ ގޮތުގައި މިފެނުނީ 20 ވަރަކަށް މައްސަލަކަމަށެވެ. އަދި ވަގުތީ ލިސްޓަކީ ގޯހެއް އޮތްނަމަ ޝަކުވާ ހުށައަަޅާ އެކަމެެއް އިސްލާހުކުރަންދޭ ފުރުސަތެއްކަމުން، މިވަރުގެ ބޮޑު ލިސްޓަކުން މިހައިމަދު ކަންކަން ފާހަގަކުރެވޭކަމީ ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިފައިވާ ކަމުގެ ހެއްކެއްކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ 19857 އެބަ ތިއްބެވެ. އޭގެތެރެއިން 10314 މީހަކަށް ގޯތިލިބޭކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ އެހެން މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައިގެންނެވެ.
އިންސާފުން ބަޔަކަށް ކަމަކަށް ކުރެވޭނީ ތިވަރަށް.ކަލޭ ބުނަން ޖެހޭނީވެސް ތިހެން.