މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް، ޖުލައި މަހުގެ 23 ވަނަ ދުވަހު، އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ކެންޑިޑެންސީ ފޯމު ހުށަހަޅުއްވާނީ، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ރިޔާސީ އިންތިހާބަށް މަޝްވަރާތަކެއް ކުރިއަށް ދަނިކޮށް، ޑިމޮރެކްޓްސް އަށް ނިސްބަތްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ”އޯޝަން ވީކްލީ“ އިން ގުޅިފައިވާ ކެންޑިޑޭޓެއްގެ ވާހަކަ ދައްކަން ފެށުމުންނެވެ.
އޯޝަން ވީކްލީ“ ގެ މި ހަފުތާގެ ޝޯގައި ”ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން؛ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް“ މައުޟޫއަށް ވާހަކަ ދައްކަން އިއުލާންކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ނުރުހުންވެވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ”އޯޝަން ވީކްލީން ވެސް މިހާރު ހުވަފެނީ ވާހަކަ ދައްކަން ފެށީ“ ކަމަށެވެ.
”ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނަށް ވަންނާނީ ވެސް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް.“މަޖިލީހުގެ ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވިއެވެ.
ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވިއިރު، އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ވަނީ ފަށައިފައެވެ.
